ސިޔާސީ

ޖީޕީގްރޫޕްގެ 10 މެމްބަރުން ޕީޕީއެމް ކައުންސިލަށް އިންތިހާބުކޮށްފި


ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންގެތެރެއިން އެޕާޓީގެ ކައުންސިލްގައި ތިބެންޖެހޭކަމަށް ޕާޓީގެ އަސާސީގަވާއިދުގައިބުނާ ދިހަ މެންބަރުން އިންތިޚާބުކޮށްފިއެވެ.މިކަމައްޓަކައި މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގައި އިންތިޚާބުކޮށްފައިވަނީ، މަހިބަދޫ ދާއިރާގެ މެންބަރ އަހުމަދު ތޯރިގާއި، ދާންދޫ ދާއިރާގެ އަހުމަދު އައްސަދާއި، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އާ، މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމާއި ކެލާ ދާއިރާގެ އަލީ އާރިފާއި ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލާއި ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން  ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ޕީ.ޕީ.އެމްގެ ނައިބްރައީސް ފޮނަދޫ ދާއިރާގެ މްނަބަރ އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، އެޕާޓީގެ ކައުންސިލަށް ޕީ.ޖީ ގްރޫޕުން އާ މެންބަރުން ހަމަޖެއްސީ އެޕާޓީގެ އަސާސީ ގަވާއިދުގައި އެގޮތަށް ލާޒިމްކުރާތީކަމަށެވެ.ޕީޕީއެމްގެ ޕީޖީ ގްރޫޕުން ޕާޓީގެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބު ކުރީ، ކުރިން ކައުންސިލްގައި ތިބި މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހަށް އިންތިހާބުވެފައި ނުވާތީކަމަށް އެޕާޓީންބުނެއެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާގޮތުން އެޕާޓީގެ ކައުންސިލްގައި ޕީ.ޖީ ގުރޫޕުގެ މެންބަރުންގެ ތެރެއިން 10 މެންބަރުން ހިމެނޭގޮތަށް  31 މެންބަރަކު ތިބެންޖެހެއެވެ.