ތަޢުލީމު

ސައުދީ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


ސަޢުދީ ސަރުކާރުން ރާއްޖެއަށްދެއްވާ ސްކޮލަރޝިޕްގެ ދަށުން ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަރއެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.ހަޔަރއެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން ސަޢުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން ހުޅުވާލާފައިވާ މިފުރުޞަތު ރާއްޖޭގެ 100 ފަރާތަކަށް މި ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އެއީ ބެޗެލަރސް ޑިގްރީ އަށް 55 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް، 30 ފުރުސަތު އަދި  ޕީ.އެޗް.ޑީ. އަށްދެއްވާ 15 ފުރުޞަތެކެވެ.މި ފުރުސަތުތަކުގެ ތެރޭގައި  އެމް.ބީ.ބީ.އެސް، އަރަބިކް ލޭންގްއޭޖް އަދި ހަޔަރ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން ސަޢުދީ އަރަބިއްޔާގެ ޔުނިވަރސިޓީތަކުން އޮފަރކުރާ ދާއިރާތަށް ހިމެނެއެވެ.ސައުދީން ފުރުސަތުދެއްވާ ޔުނިވަރސިޓީތަކުގެ ތެރޭގައި މައްކާގައި ހުންނަ އުންމުލް-ޤުރާ ޔުނިވަރސިޓީއާއި، ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް ޔުނިވަރސިޓީ،އާ އަދި ޔުނިވަރސިޓީ އޮފް ދަންމާމް، ކިންގ ފައިސަލް ޔުނިވަރސިޓީ، ކިންގ ސައުދު ޔުނިވަރސިޓީ، އަދި ޤާސިމް ޔުނިވަރސިޓީވެސް ހިމެނެއެވެ.މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފުރުޞަތު ދެއްވާފައިވާ ސައުދިއަރަބިއްޔާ ކަމަށްވެސް ހަޔަރއެޑިއުކޭޝަން ޑިޕާޓްމަންޓުކް ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ފުރުޞަތު ލިބޭ ޔުނިވަރސިޓީތަކާއި، ކޯސްތައް އެގޭނެ ލިސްޓެއް  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓް www.dhe.gov.mv  ގައި އަޕްލޯޑް ކުރެވިފައިވާނެކަމަށާއި، ކޯސްތަކަށް ކުރުމަތިލެވޭ ޝަރުތުތަކާއި، ހުށަހަޅަންޖެހޭ ތަކެތީގެ އިތުރު ތަފްސީލާއި، މައުލޫމާތުވެސް އެ ވެސްސައިޓުން ލިބެންހުންނާނެކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން މައުލޫމާތުދެއްވައެވެ. މިސްކޮލަޝިޕްތަކަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި އޭޕްރީލްމަހުގެ ހަތާވީސްވަނަ ދުވަހުގެ ނިޔަލަށެވެ.