ކުޅިވަރު

ތިނަދޫ ކައުންސިލް ފުޓްސަލް: އައުޓްރިއްގާ ބަލިކޮށް ތިނަދޫ ޕޮލިހަށް މޮޅެއް


ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި، އައުޓްރިއްގާއާއި ތިނަދޫ ޕޮލިސް ބައްދަލުކުރި މެޗު 2 ލަނޑު 4 ލަނޑުގެ ނަތީޖާއިން ތިނަދޫ ޕޮލިސް ޓީމު ކާމިޔާބުކޮށްފިއެވެ.

މި މެޗު ތިނަދޫ ޕޮލިސް ޓީމުން ކާމިޔާބު ކުރިއިރު، އެ ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ޝަހުބާނާއި ފަރީޝް އަހުމަދު އަދި އިބްރާހިމް ނިޔާޒުގެ އިތުރުން އަލީ މުހައްމަދެވެ.

އައުޓްރިއްގާއިން މި މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު، އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަބްދުﷲ ރަޝީދެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަޔާޒް އަބްދުﷲ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ތިނަދޫ ޕޮލިސް ޓީމުގެ ކުޅުންތެރިޔާ، އިބްރާހިމް ނިޔާޒެވެ.

ހުވަދޫ ރެކްރިއޭޝަންސްއާއި ތިނަދޫ ޒުވާނުންގެ މަރުކަޒު ގުޅިގެން އިންތިޒާމުކޮށްގެން ގދ. ތިނަދޫގައި ރޯދަމަހާ ދިމާކޮށް ބާއްވާ މި މުބާރާތުގެ މެޗްތައް މިރޭވެސް ކުރިއަށްދާނެ އެވެ.