ޚަބަރު

ުޔުނައިޓެޑަށް ލީގު ކާމިޔާބު ކުރެވޭނީ ތިން އަހަރު ފަހުން - ސޮލްޝެއާ


އިނގިރޭސި ޕްރިމިއަރ ލީގު ޔުނައިޓެޑަށް ކާމިޔާބުކުރެވޭނީ ދެތިން އަހަރު ފަހުންކަމަށް ކޯޗު އޮލެ ގަނަ ޝޮލްޝަޔާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހު މެޗުގައި ކާޑިފް އަތުން ބަލިވެ ޔުނައިޓެޑް ލީގު ނިންމާލީ ޗެމްޕިއަން ސިޓީއަށްވުރެ 32 ޕޮއިންޓް ފަހަތުގައި އޮވެ ލީގުގެ ހަވަނަ ޓީމްގެ ގޮތުގައެވެ.

ކޯޗު ޝޮލްޝަޔާ ބުނީ މިދިޔަ ދެ މަހަކީ ޔުނައިޓެޑަށް ހުރިހާ ގޮތަކުންވެސް އުނދަގޫ ދުވަސްތަކެއްކަމަށާއި، އަދި ކުރިއަށް އޮތީ މާ ބޮޑަށްވެސް ސަޕޯޓަރުން މާޔޫސްވާނެފަދަ ދުވަސްތަކެއްކަމަށެވެ.

ޔުނައިޓެޑަށް ލީގު ކާމިޔާބުކުރަން އަހަރުތަކެއް ހޭދަވާނެކަން ފާހަގަކުރަމުން ޝޮލްޝަޔާ ބުނީ ސިޓީއާއި ލިވަޕޫލާއި ވާދަކުރަން ޔުނައިޓެޑަށް އަހަރުތަކެއް ނަގާނެކަމަށާއި، އަންނަ ސީޒަންގައިވެސް އަމާޒަކީ ގަދަ ހަތަރެއްކަމަށެވެ. ޗެމްޕިއަންކަން ހޯދާ ވާހަކަދެއްކޭނީ ގަދަ ހަތަރެއްގައި ދެތިން އަހަރު އޮވެގެންކަމަށްވެސް ސޮލްޝެއާ ބުންޏެވެ.

ޔުނައިޓެޑަށް ގަދަ ހަތަރަކުން ފުރުސަތު ނުލިބުމާއިއެކު އެޓީމުން ގިނަ ކުޅުންތެރިންތަކެއް ވިއްކާލާނެކަމަށް ބެލެވެއެވެ. މިގޮތުން ޕައުލް ޕޮގްބާ ހޯދަން މެޑްރިޑުން ވިއްދާފައިވާއިރު، އެލެކްސިސް ސަންޗޭޒާއި، ލުކާކޫވެސް ވިއްކާލުން ގާތެވެ. އަދި މީގެ އިތުރުން ޔުނައިޓެޑް ދޫކޮށް ހެރޭރާ ޕީއެސްޖީއަށް ބަދަލުވިއިރު، ކެޕްޓަން ވެލެންސިޔާ އަދި މާޓާގެ ކޮންޓްރެކްޓްވަނީ ހަމަވެފައެވެ.