ތަޢުލީމު

މަންދު ކޮލެޖުގެ މޭ އިންޓޭކު މިއަދު ހުޅުވާލައިފި


މަންދު ކޮލެޖުން މޭމަހުގައި ފެށޭ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.އެ ކޮލެޖުގެ މޭ އިންޓޭކްއަށް ހުޅުވާލި ފުރުސަތުތަކަކީ، ޑިގްރީ، އެސޯސިއޭޓް ޑިގްރީ، ޑިޕްލޮމާ، އެޑްވާންސެޓްފިކެޓް، އަދި ފައުންޑޭޝަން ފެންވަރުގެ ކޯސްތައްކަމަށް މަންދޫ ކޮލެޖުން ބުނެފައިވެއެވެ.މި ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންކެންޕްސްއާއި ވާރޗުއަލް ކެމްޕަސްގައި ކިޔަވާ ދަރިވަރުންނަށް ކަމަށް ވެސް މަންދު ކޮލެޖުން ބުނެފައިވެއެވެ.މަންދު ކޮލެޖްގައި މޭ އިންޓޭކްގެ ފުރުސަތު ތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮލެޖްގެ ޑެޕިއުޓީ ވައިސް ޗެއަރ ހަފީޒާ އަފީފް ވިދާޅުވީ މަންދޫ ކޮލެޖްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ހިލޭ ތްރީޖީ އިންޓަރނެޓް ޕެކޭޖްލިބިގެންދާނެކަމަށެވެ.އަންނަ ސެމިސްޓަރ އިން ފެށިގެން މަންދު ކޮލެޖުން ތައުލީމް ހާސިލްކުރާ ކޮންމެ ދަރިވަރަކަށް  ކޮންމެތާކު ހުރެގެންވެސް އިންޓަރނެޓްގެ ޙިދުމަތް ހިލޭ ލިބޭނެކަމަށް ހަފީޒާ ވިދާޅުވިއެވެ.މަންދު ކޮލެޖްން މި އަދު ހުޅުވާލި ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮއްފައިވާ ކޯސްތަކެއްކަމަށް މަންދު ކޮލެޖުން ބުނެފައިވެއެވެ.މަންދު ކޮލެޖް ވާރޗުއަލް ކެންޕަސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް އެމީގެއްގެ ރަށުގައި ހުރެގެން ކިޔެވޭނެ ގޮތައް ރާއްވާފައިވާ ޕްރޮގްރާމެކެވެ.އުރީދޫގެ ތްރީޖީ ލިބޭ ކޮންމެ ރަށެއްގައި އުޅޭ ދަރިވަރަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ.ޖޫން އިންޓޭކަށް ފޯރމް ހުށަހެޅުމުގެ ސުން ގަޑި ހަމަވާނީ މޭ މަހުގެ އެކާވިސް ވާ ބުރާސްފަތިދުވަހަށް ކަމަށް މަންދު ކޮލެޖުން ބުނެފައިވެއެވެ.