ކުޅިވަރު

ގްރީޒްމަންގެ 2 ގޯލާއިއެކު އެތްލެޓިކޯ ރޭގެ މެޗުން މޮޅުވެއްޖެ


އެންޓޮއިން ގްރީޒްމަންގެ ދެ ގޯލުން އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓީކޯ މެޑްރިޑާއި ޑިޕޯތިވޯ ލަކަރޫނާ ވާދަކުރި މެޗް އެތްލެޓިކޯ މެޑްރިޑް ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.މެޗުގެ ފުރަތަމަ ހާފްގައި އެތްލެޓިކޯއިން ދެގޯލްގެ ލީޑެއް ނެގިއެވެ. މި ދެ ލަނޑުވެސް އެތްލެޓިކޯއަށް ޖަހައިދިނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަންއެވެ.މެޗުގައި ޑިޕޯތިވޯ ލަކަރޫނާއިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ މެޗް ނިމެން ބާރަ މިނެޓަށް ވެފައިވަނިކޮށް އޮރިއެލް ރިއެރާއެވެ.ރޭގެ މެޗުގައި އެތްލެޓިކޯގެ މުހިންމު ބައެއް ކުޅުންތެރިން މެޗުގައި ކުޅެފައިނުވާއިރު، ބައެއް ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން ދެވަނަ ހާފްގެ ކުރީކޮޅު ކޯޗް ސިމިއޯނޭވަނީ އެކުޅުންތެރިން ބަދަލުކޮށްފައެވެ.ރޭގެ މޮޅާއިއެކު އެތްލެޓިކޯ މެޑްރިޑް އޮތީ ލަލީގާ ތާވަލްގެ ތިންވަނާގައެވެ.