ޚަބަރު

ވީނުވީއެއް ނޭނގި ގެއްލުނު ޒުވާނަކު ހޯދަން ފަށައިފި


ވީނުވީއެއް ނޭނގި ގެއްލުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ސ.ހިތަދޫ، ޑިވައިންޓެސްޓް، ޙުސައިން ފިޔާޟް (34އ) އެވެ.

ޙުސައިން ފިޔާޟް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ 15:00 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ޙުސައިން ފިޔާޟް އެންމެ ފަހުން ފެނިފައިވަނީ މި އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ 05:30 ހާއިރު ކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދެއެވެ.

 ޙުސައިން ފިޔާޟްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.