ޚަބަރު

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ހުޅުލޭ އެއާޕޯޓަށް ޖައްސައިފި


އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ކުއްލި ހާލަތުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާ ޕޯޓަށް ޖައްސައިފިއެވެ.މި ބޯޓު އެއާޕޯޓަށް ޖެއްސި ވަގުތު އެއާޕޯޓު ކުއްލި ހާލަތަށް ގެނެސްފައިވާކަމަށް އެއާޕޯޓުން މައުލޫމާތުދެއެވެ. އަދި އެ ބޯޓު ޖައްސާފައިވަނީ ޓެކްނިކަލް ކަމަކާއި ގުޅިގެންކަމަށާއި، ބޯޓު ޖެއްސިތާ މަގިނަ އިރެއް ނުވެ ބޯޓު ފުރާފައިވާކަމަށްވެސް އެއާޕޯޓުން މައުލޫމާތުދެއެވެ.އެމެރިކާގެ މި މަތިންދާބޯޓު ކުއްލި ހާލަތުގައި ރާއްޖޭގެ ވައިގެ ބަނދަރުގައި ޖެއްސީ ކޮން ސަބަބަކާއި ހުރެ ކަމެއް އެއާޕޯޓުންވެސް އަދި ކަމާއިބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.