ތަޢުލީމު

ރ. އަތޮޅުގެ ސްކޫލްތަކުގެ ހާލަތު ވަޒަންކުރައްވަނީ


ތައުލީމާބެހޭ
ވަޒީރު ޑރ. އައިޝަތު ޝިހާމް މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށުގެ ސްކޫލުތަކަށް
ޒިޔާރާތްކުރައްވާ، އެތަންތަނުގެ ހާލަތު ވަޒަންކުރެއްވުމުގެ މަސައްކަތް
ފައްޓަވައިފިއެވެ.



މި
ދަތުރުފުޅުގައި ސްކޫލްގެ މެނޭޖްމަންޓާއި ޕީޓީއޭގެ އިތުރުން ސްކޫލް ބޯޑު މެންބަރުނާ
އެޑިޔުކޭޝަން މިނިސްޓަރ ބައްދަލުކުރައްވާ އެ ސްކޫލުތަކުގެ ހިންގުމުގައި ހުރި
ދަތިތަކާއި ހައްލުކުރެވެން ހުރި ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރައްވަމުންކަމަށް
އެ މި ނިސްޓްރީން މައުލޫމާތުދެއެވެ. އަދި ސްކޫލުތަކުން ނެރެމުންދާ ނަތީޖާތައް
އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަންވެސް މި މަޝްވަރާތަކުގައި ހިމަނަމުންދާކަން އެޑިޔުކޭޝަން
މިނިސްޓްރީން ފާހަގަކުރެއެވެ. 

މިނިސްޓަރުގެ ދަތުރު ފުޅުގައި އެ މިނިސްޓްރީގެ
އިސްވެރިން ހިމެނިވަޑައިގަންނަވާއިރު، ރަށްރަށުގެ ޕްރީ ސްކޫލްގެ ތައުލީމުގެ
ހާލަތުވެސް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ބަލާ، ވަޒަންކުރަމުންނެވެ. މިފަހަރުގެ
ދަތުރުފުޅުގައި ޒިޔާރާތްކުރަށް ހަމަޖެހިފައިވަނީ މިދިޔަ މަހު އެޑިޔުކޭޝަން
މިނިސްޓަރ ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭރު ވަޑައިނުގެންނެވުނު ހަތަރު
ރަށްކަމަށްވާ މާކުރަތު، ރަސްމާދޫ، ދުވާފަރު އަދި ހުޅުދުއްފާރަށް. މިދިޔަމަހު
މިނިސްޓަރވަނީ ރ.އަތޮޅުގެ އެގާރަ ރަށަށް ޒިޔާރާތްކުރައްވާފައެވެ.