ވިޔަފާރި

ކޮޓުމް ފެއަރގައި ރާއްޖޭގެ 30 ކުންފުންޏަކުން ބައިވެރިވެއްޖެ


'ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް،' ކޮޓުމް ފެއަރގައި  މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ކޯރޕަރޭޝަން،އެމްއެމްޕީއާރުސީ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތިރީސް ކުންފުންޏަކުން ފަސްދޮޅަސްދެ ފަރާތަކުން ބައިވެރިވެއްޖެއެވެ.ޗައިނާގެ ބެއިޖިންގައި އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ  މި ފެއަރއަކީ ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެ ތެރޭގައި ހިމެނޭ ފެއަރއެކެވެ.މި ފެއަރގައި ރާއްޖޭއިން ބައިވެރިވި ވަފްދުގެ ބޭފުޅުން  ޗައިނާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.ކޮޓުމް ފެއަރއަށް މިދިޔަ އަހަރު ތިންހާހަށްވުރެން ގިނަ މީހުން ޒިޔާރަތްކޮށްފައިވާ އިރު ފަސްދޮޅަސްފަސް ގައުމަކުން ހަތަރަސްތޭކަ އެގްޒެބިޓަރސް ބައިވެރިވެފައިވެއެވެ.ރާއްޖެއަށް އެއްމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމްކަމަށްވާ ޗައިނާއިން މިދިޔަ އަހަރުތެރޭ ތިން ލައްކަ ފަސްދޮޅަސް ތިންހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބްތަކުން ދައްކައެވެ.