ޚަބަރު

އަރާބީގެ ފަރާތުން "ސެއިންޓްއައިވްސް" ބުރޭންޑުގެ އުފެއްދުންތައް ބާޒާރަށް ނެރެފި


  • މި ބްރޭންޑްގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އަރާބީ

  • "ސެއިންޓްއައިވްސް"ގެ އުފެއްދުންތައް މިހާރު ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް ލިބޭނެ

އަރާބީގެ ފަރާތުން، ކޮސްމެޓިކްސްގެ މަގްބޫލް ބްރޭންޑެއް ކަމަށްވާ "ސެއިންޓްއައިވްސް" ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

މުޅި ދުނިޔޭގައި ވެސް މަޝްހޫރު އެފްއެމްސީޖީ ކުންފުންޏެއް ކަމަށްވާ ޔުނިލެވަރގެ ބްރޭންޑެއް ކަމަށްވާ "ސެއިންޓްއައިވްސް" ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރެފައި ވަނީ ހޮނިހިރު ދުވަހުއެވެ. މި ބްރޭންޑްގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އަރާބީ ޕްރައިވެޓް ލިމިޓެޑެވެ.

"ސެއިންޓްއައިވްސް" ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަރާބީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ރަހީމް އަލީ ވިދާޅުވީ "ސެއިންޓްއައިވްސް" އަކީ އަރާބީން ތައާރަފްކޮށްދޭ ބްރޭންޑްތަކުގެ ތެރެއަށް އިތުރު ކުރި މުހިންމު ބްރޭންޑެއް ކަމަށެވެ. އަދި މި ބްރޭންޑް ވެސް ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަރާބީން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށް. އިތުބާރާއި ޔަޤީންކަމާއި އެކު ކޮލިޓީ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމުގައި އަރާބީން މުހިންމު ދައުރެއް އަދާކުރޭ." އަރާބީގެ މެނޭޖިން ޑިރެކްޓަރ، އަބްދުލް ރަހީމް އަލީ ވިދާޅުވިއެވެ.

"ސެއިންޓްއައިވްސް"ގެ އުފެއްދުންތައް މިހާރު ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް ލިބެން ހުންނާނެ ކަމަށް އަރާބީން ބުނެއެވެ. އަރާބީ އާއި ޔުނިލެވަރ ގުޅިގެން ރާއްޖެއަށް ތައާރަފް ކުރި މި ބްރޭންޑަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

"ސެއިންޓްއައިވްސް" ގެ އުފެއްދުންތަކުގެ ތެރޭގައި ފޭސް ވޮޝް، ފޭސް ޓޯނާ، ފޭސް ސްކްރަބްސް، މައިސެލަރ ވޯޓަރ، ބޮޑީވޮޝް އަދި މޮއިސްޗުރައިޒަރ ހިމެނެއެވެ. 2007 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ އަރާބީ އަކީ ދިވެހިން ބޭނުންވާ ފަދަ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުންދާ، ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

މީގެ އިތުރުން ނިވިއާ، ބޮން އެރޯމާ ކޮފީ، ފިލިޕޯ ބެއިރޯ، އެމްކޯ، ކޮޑޮމޯ، އެސެންސް، ކެޕިލާނޯ، މިސްޓަރ މަސްލް، ހެއިންޒް ފަރލީސް ރަސްކްސް ، ބޭގޮން މެކްސް ފަދަ އުފެއްދުންތައް އަރާބީން ވަނީ ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ. އަރާބީ އަކީ ފުޅާ ދާއިރާއެއްގައި އެފްއެންޑްބީ، ކޮސްމެޓިކްސް، ޓޮއިލެޓަރީސް އަދި ފެބްރިކް ކެއަރގެ އުފެެއްދުންތައް ފޯރުކޮށްދޭ ފަރާތެކެވެ.