ޚަބަރު

ހަނދު ބަަލަން ޙަރަކާތެރިވި ޓީމުތަކަށް ހަނދެއް ނުފެނުނު


މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ޢަމަލީގޮތުން ހަނދު ބެމުމަށް ހަރަކާތްތެރި ޓީމުތަކަށް ހަނދު ނުފެންނަކަމަށް އެފަރާތްތަކުން ހާމަކުރައްވައިފިއެވެ.

މާލޭގައި ހަނދުބެލުމުގެ ކަންކަންކުރިއަށްގެންގޮސްފައިވަނީ ދާރުލް ޢީމާން، ވަޤުފު ޢަމާރާތުގެ މަތީގައެވެ.
އަދި އައްޑޫސިޓީގައި މިކަން ކުރިއަށްގެންގޮސްފައިވަނީ ހިތަދޫ އީދިގަލިކިޅި ސަރަޙައްދުގައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވަނީ ހަނދުބެލުމުގެ ކަންކަން ކުރިއަށްގެންގޮސްފައެވެ.
ރަށްރަށުގައި މިކަން ކުރިއަށްގެންގޮސްފައިވަނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.

ރަމަޟާންމަހުގެ ހަނދާބޮތުން މިރޭ ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައި ގޮތެއް ނިންމާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގައި ޢާއްމުކޮށް ހަނދު ސާބިތުކޮށް އުޅެނީ ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުޞޫލްތަކަށް ބިނާކޮށެވެ.

ފަހުގެ ތާރީޚަށް ބަލާއިރު ރައްޔިތުން ނުކުމެ ޢަމަލީގޮތުން ހަނދުބަލުމުގެ މަސައްކަތްކުރަމުން ގެންދިއުމަކީ އެހާ ޢާންމުކަމެއް ނޫނެވެ. ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މިރޭ 8:15 ގައި އިސްލާމިކް މިނިސްޓްރީގައެވެ.