ޚަބަރު

ފިތުރު ޒަކާތް ބަލައިގަތުން އަންގާރަ ދުވަހުން ފެށިގެން


ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަމުން ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަލައިގަންނަމުން ގެންދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖަހަންދެންކަމަށެވެ. މާލޭގައި ޒަކާތް ބަލައިގަންނަމުން ގެންދާނީ އިސްލާމިކް މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

- އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ
- ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ
- ރަތް ހަނޑުލުންނަމަ 75 ރުފިޔާ
- އާދައިގެ ފުށުންނަމަ 15 ރުފިޔާ
- އާޓާ ފުށުންނަމަ 60 ރުފިޔާ

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

- ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގު

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ އަންގާރަދުވަހުން ފެށިގެން ރަމްޟާންމަހުގެ 29 ގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނަމުން ގެންދާނެކަމަށެވެ.