ޚަބަރު

ދިވެހި ސަފީރު، ޓްރިވެންޑްރަމްގައި އުޅޭ ދިވެހިންނާ ބައްދަލުކެއްވުން


ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރުއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރައްވައިފިއެވެ.

ޓްރިވަންޑްރަމްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ އެކަމަނާ ބައްދަލުކުރެއްވީ މިމަހު 27އިން 30ވަނަ ދުވަހުގެ ނިޔަލަށް އެއަވަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޢާއިޝަތު މުޙައްމަދު ދީދީއަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރެވެ. އަދި އެކަމަނާއަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި 5ވަނަ ސަފީރެވެ.