ޚަބަރު

ހިތަދޫ މައިލޯ ދަނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި


އައްޑޫސިޓީ ހިތަދޫ މައިލޯ ޓަރފް ދަނޑުގެ އެއްކައިރިއެއްގައި ބަހައްޓާފައިހުރި ޓަރފް ރަބަރުތަކެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން ނިއްވާލައިފިއެވެ.

ހިތަދޫ މައިލޯ ޓަރފް ދަނޑުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރުފަހު 13:30 އެހާކަށްހާއިރުއެވެ. ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާގެ ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލީ 13:55 އެހާކަށްހާއިރުއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ހިތަދޫ މައިލޯ ޓަރފް ދަނޑުގައި ރޯވީ އެދަނޑުގައި އެއްކޮށްފައިހުރި ޓާފް ރަބަރު ފުނިތަކެއްގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތް ދެއެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އަލިފާނުގެ ޙާދިސާއެއް ހިނގިއިރު މިއަދު މެންދުރު ލ. ގަމުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.