ޚަބަރު

ފަސް ގައުމަކުން ހުޅުވާލާފައިވާ ސްކްލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


ފަސް ގައުމަކުން ހުޅުވާލާފައިވާ ސްކްލަރޝިޕްތަކުން ރާއްޖެއަށް ދީފައިވާ ފުރުސަތުތަކަށް އެދުމުގެ ފުރުސަތު މިިނިސްޓްރީ އޮފް ހަޔަރ އެޑިއުލޭޝަނުން ހުޅުވާލައިފިއެވެ. މިބުރުގައި ތަފާތު އެކި ދާއިރާތަކުން އެކި ލެވަލްތަކުގެ ކޯސްތަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން ނޭޕާލްގެ ޓްރިބުވާން ޔުނިވަރސިޓީން 7 ދާއިރާއަކުން ކޯސްތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާފައިވާއިރު އެ ގައުމުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ތާރީޙަކީ މިމަހުގެ 29 ވަނަ ދުވަހެވެ.
އަޒަރބައިޖަންގެ އަޑާ ޔުނިވަރސިޓީން ފުރުސަތު ހުޅުވާލާފައިވަނީ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމުތަކުންނެވެ. އެއާއެކު ޕާކިސްތާނުގެ ލާހޯރގެ ގަވަރމަންޓް ކޮލެޖް ޔުނިވަރސިޓީންވެސް ފުރުސަތު ހުޅުވާލާފައިވަނީ އަންޑަރ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމްތަކަށެވެ.

ނަމަވެސް ކިއުބާގެ ލެޓިން އެމެރިކަން ޔުނިވަރސިޓީ އޮފް މެޑިސިންއިން މެޑިސިން ދާއިރާއިން ބެޗްލާސް ޑިގްރީ އަށް ކިޔެވުމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާނަމަ މިމަހުގެ 30ގެ ކުރިން ފޯމް ހުށަހެޅުމަށް މިނިސްޓްރީން އެދެއެެވެ.
ކޮރެއާގެ ކޭޑީއައި ސްކޫލުން މާސްޓަރސް ލެވެލްގެ ތިން ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި މާސްޓާރސް އޮފް ޕަބްލިކް ޕޮލިސީ އާއި މާސްޓަރސް އޮފް ޑިވޮލަޕްމަންޓް ޕޮލިސީގެ އިތުރުން މާސްޓަރސް އޮފް ޕަބްލިކް މެނޭޖްމަންޓް ހިމެނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ފުރުސަތަކީ މޭމަހުގެ 5ވަނަ ދުވަހެވެ.
މިކޯސްތަކުގެ ތެރޭގައި ސެލްފް ފަންޑިން ކޯސްތަކާއި ޕަރޝިއަލް ފަންޑިންގ ކޯސްތައް ހިމެނެއެވެ