ސިޔާސީ

ރިޟުވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ރައީސް ވިދާޅުވަނީ "ދުލެއްނުކުރާނަން"ކަމަށް


ރަހުމްކުޑަކޮށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޝްވާންގެ މައްސަލާގައި ދުލެއް ނުދެއްވާނަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ޔާމީން މަރާލިތާ ދެ އަހަރުވުން ފާހަގަކުރުމަށް ހާއްސަ ހިގާލުމެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުލެއް ނުކުރާނަން މިހެންނެވެ. ރައީސް މި ޓްވީޓު ކުރައްވާފައިވަނީ ޔާމީން އެންމެ ފަހުން ކޮށްފައިވާ ޓްވީޓްގައި ބޭނުންކޮށްފައިވާ ރަތްކުލައިގެ ޕުއްޕާ ހަމުގެ އިމޯޖީއާއި އެކުއެވެ.

ރައީސްގެ މް ޓްވީޓާއި އެކު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ތާއިދުކުރައްވާ ޝުކުރު އަދާކޮށްފައެވެ. އަދި ރައްޔިތުންނާއި އެ ފަޅީގައި ރައީސް ހުންނަވާކަން އެގުމުން އުފަލުން ހިތް ފުރިފައިވާކަމަށްވެސް ބައެއް ރައްޔިތުން ވަނީ ބުނެފައެވެ.

ޔާމީން ރަޝީދު މަރާށް ދެ އަހަރުވުމާއި ގުޅީގެން މިއަދު ބާއްވާ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވެސް ބައިވެރިވެޑާއިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީއާ، ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިފައިވާކަމަށް އެމައްސަލަތައް ބަލަމުންދާ ރިޔާސީ ކޮމިޝަންގެ ރައީސް ޙުސްނުއްސުޢޫދު ރޭ ވަނީ ވިދާޅުވެފައެވެ.

2014ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިލްވާނު ވީނުވީއެއް ނޭންގި ގެއްލުނު މައްސަލައިގައި ދައުލަތުން ގ.ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރަންދީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެ ދެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުންވަނީ ވަނީ ޙުކުމް ކޮށްފައެވެ.

ބްލޮގަރ އެއްގެގޮތުގައި މަޝްހޫރުވެފައިވާ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ފެނިފައިވަނީ 2017ވަނަ އަހަރުގެ އޭޕްރީލްމަހުގެ 23ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޮއްވައެވެ. ސ.ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.