ޚަބަރު

ބްރައިޓަންގެ ބަލޭބާ އަށް ޔުނައިޓެޑުން 70 މިލިއަން ޕައުންޑް


ބްރައިޓަންގެ މިޑްފީލްޑަރ ކާލޮސް ބަލޭބޯ 70 މިލިއަން ޕައުންޑަށް ގަންނަން މެންޗެސްޓަރ ޔުނައިޓެޑް އިން އެއްބަސްވެއްޖެއެވެ.

ކެމަރޫން އަށް އުފަން އުމުރުން 22 އަހަރުގެ ބަލޭބާ ގަންނަން ޔުނައިޓެޑް އިން ހުށައެޅުމުން ދެ ކްލަބުގެ ދެމެދުގައި މަޝްވަރާ ކުރުމަށްފަހު އިއްޔެ އެއްބަސްވެފައިވަނީ 70 މިލިއަން ޕައުންޑަށް ކުޅުންތެރިޔާ ވިއްކާލުމަށެވެ. ޔުނައިޓެޑް އިން ޓްރާންސްގެ ފީގެ ގޮތުގައި ފުރަތަމަ 65 މިލިއަން ޕައުންޑް ދެއްކުމަށްފަހު 5 ޕައުންޑް އެޑްއޮންގެ ގޮތުގައި ބްރައިޓަން އަށް ދޭނެއެވެ.

އަދި އެ އަގަށް ޔުނައިޓެޑް އިން އެއްބަސްވުމާއިއެކު މި ހަފްތާގެ ތެރޭގައި ބަލޭބާ ޔުނައިޓެޑްގެ މެޑިކަލް ހެދުމަށްފަހު އެ ކްލަބަށް ސޮއިކުރާނެއެވެ.

ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް އެ ޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަ ކުރުމަށް އައު ކުޅުންތެރިއަކު ހޯދާފައިވާއިރު މީގެ ކުރިން އެ ކްލަބަށް ވަނީ އެންޑްރޭ ސަންޓޮސް އާއި ޔޫރީ ޓިއެލެމަންސްވެސް ގެންގޮސްފައެވެ.

ނިމިގެންދިޔަ ސީޒަނުގައި ޔުނައިޓެޑްގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯ ވަނީ އެ ކްލަބު ދޫކޮށް އެމެރިކާގެ އިންޓަރ މަޔާމީ އަށް ބަދަލުވެފައެވެ.

ބަލޭބާ ބަރައިޓަން އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ފްރާންސްގެ ލިލް އިންނެވެ.