ތަޢުލީމު

ވިލާ ކޮލެޖްގެ 309 ދަރިވަރަކު ދަސްވެނިވެއްޖެ


ވިލާ ކޮލެޖުން ތަޢުލީމް ޙާސިލްކުރި 309 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. މީގެތެރޭގައި ވިލާ ކޮލެޖްގެ އަމިއްލަ ޕްރޮގްރާމްތަކާއި، ވިލާކޮލެޖާއި އޯޕަން ޔުނިވަރސިޓީ މެލޭޝިއާ ގުޅިގެން، ވިލާކޮލެޖުގައި ހިންގި ޕްރޮފްރާމްތަކުން ދަސްވެނިވި ދަރިވަރުން ހިމެނެއެވެ.

އޯޕަން ޔުނިވަރސިޓީ މެލޭޝިއާއާއި ގުޅިގެން ހިންގި ޕްރޮގްރާމްތަކުން 77 ދަރިވަރުންވަނީ ދަސްވެނިވެފައެވެ. އަދި ވިލާ ކޮލްޖްގެ ޕްރޮގްރާމްތަކުން 237 ދަރިވަރުން ދަސްވެނިވެފައިވެ. ވިލާކޮލެޖުގައި އޮތް ދަސްވެނިވުމުގެ ހަފްލާގައި ޝަރިއާ އިން ލޯ، ރިސަރޗް ސްޓަޑީސް، ޕަބްލިކް ހެލްތް، ކޮމްޕިއުޓަރ ސައިންސް، ލީޑަރޝިޕާއި، އެޑިއުކޭޝަން ދާއިރާއިން ދަރިވަރުންވަނީ ދަސްވެނިވެފައެވެ. މީގެއިތުރުން މާސްޓަރސް، ޕޯސްޓް ގްރެޖުއޭޓްސް، އަދި ބެޗެލަރސް ޙަސިލްކުރި ދަރިވަރުން ހިމެނެއެވެ.

މި ހަފްލާގައިވަނީ އެކި ކޯސްތަކުން މަތީ ވަނަތައް ޙާއްސިލްކުރި ދަރިވަރުންނަށްވެސް ޚާއްސަ އެވޯޑްތައް ދީފައި. މިއަހަރުގެ ނިޔަލަށް ވިލާ ކޮލެޖުން ދަސްވެނިވި އެމްކިއުއޭ ލެވެލް 7ގެ ދަރިވަރުންގެ އަދަދު ޖުމްލަ 758އަށް އަރާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން 30 އިންސައްތަ ދަރިވަރުންނަކީ ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކާއި، ލަރނިންގ ސެންޓަރުތަކުން ދަސްވެނިވި ދަރިވަރުންނެވެ.

ވިލާކޮލެޖުގެ ކޯސްތައް ގެންދަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ޕްރޮގްރާމްތައް ހިންގަމުންނެވެ. އަތޮތެރޭގައި ވިލާ ކޮލެޖްގެ 5ކެމްޕަހާއި، 6 ލަރނިންގ ސެންޓަރު ހުރެއެވެ. ވިލާ ކޮލެޖުން ތަޢުލީމްދޭން ފަށާފައިވަނީ 2007 ވަނަ އަހަރެވެ. އެކޮލެޖުން ގެންދަނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަކުން ކޯސްތައް ހިންގަމުންނެވެ.