ޚަބަރު

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ


އައްޑޫގައި ސިޓީ ހިތަދޫ ހަންކެޑެ ބްރިޖް ސަރަހައްދުގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައި މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި ވަނީ އަންހެނަކަށް ސީރިއަސް ހާނީއްކަތަކެއް ވެފައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ހަންކެޑެ ބްރިޖް ކައިރިން މަގުގެ އެއްފަރާތުން އަނެއް ފަރާތަށް ސައިކަލުން ދިޔަ މީހާ ނުބަލާ މަގު ހުރަސް ކުރި ވަގުތު ހިތަދޫ ކޮޅަށް ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ. އަދި މި އެކްސިޑެންޓްގައި ހާނީއްކަވި އަންހެން މީހާ އިނީ ސައިކަލުގައި ކަމަށް މައުލޫމާތް ލިބެއެވެ.

ހާނީއްކަވި މީހާއަށް އިތުރު ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތްދޭ ގޮތުގައި އޭނާގެ އަތް ބިންދައިގެން ގޮސްފައިވާއިރު، ވާތުފައިގެ ކަށިގަނޑުވެސް ބިންދައިގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާގެ ބޮލަށް އެއްވެސް ވަރަކަށް ގެއްލުން ލިބިފައިނުވާކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތްދެއެވެ. ނަމަވެސް އިތުރު ފަރުވާ ހޯދުމަށް އޭނާ މާލެ ފޮނުވާލުމަށް ތައްޔާރުވަމުންދާކަމަށް ހޮސްޕިޓަލުން ބުނެއެވެ.