ޚަބަރު

އޭދަފުއްޓަށް ދިމާވި ކަރަންޓް މައްސަލަ ހައްލުކޮށްފި


ބއޭދަފުށީގައި ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގޭގަ ކަރަންޓް ދިނުމަށް ޖަނަރޭޓަރަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށްފިއެވެ.

މައްސަލަ ދިމާވީ އޭދަފުއްޓަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދިޔަ 600 ކިލޯ ވޯޓްގެ ޖަނަރޭޓަރަކަށެވެ. މި ޖަނަރޭޓަރަށް މައްސަލަ ދިމާވީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު 2:00 ހާއިރުއެވެ. މިމައްސަލައާ ގުޅިގެން ރަށުގެ އެކި ހިސާބު ތަކުން 30 މިނެޓަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ކަރަންޓު ކަނޑާލައިފައެވެ.

ފެނަކައިން ބުނީ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑީ ބޭނުންކުރަމުންދާ 800 އާ 300 ކިލޯވޯޓްގެ ޖަނަރޭޓަރުން ދެމުންދާ ކަރަންޓުން މުޅި ރަށަށް ނުހިފަހައްޓާތީ ކަމަށެވެ. 600 ކިލޯ ވޯޓްގެ އިންޖީނަށް މައްސަލަ ދިމާވެފައިވަނީ ލުބްއޮއިލް ކޫލިން ސިސްޓަމްއަށެވެ. މިއަދު ހަވީރު ވައިގެ މަގުން މިމައްސަލަ ހައްލު ކުރަންބޭނުންވާ ސާމާނު އޭދަފުއްޓަށް ގެނަސް މިމައްސަލަ ހައްލުކޮށްފައިވަނީ މިރޭ 23:45 ހާއިރުއެވެ.

ފެނަކަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭދަފުށީގައި ބޭނުންކުރަމުންދާ 600 ކިލޯވޯޓްގެ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާ، ކޮންމެ ވަގުތެއްގައިވެސް ކަރަންޓް ކެނޑިދާނެ ކަމަށެވެ. އަދި އެފަދަކަމެއް ދިމާވެއްޖެނަމަ، ފެނަކައިގެ މުވައްޒަފުން އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.