ޚަބަރު

ތިނަދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފީރޯޒް ހައުސް ހޯދައިފި


ގދ. ތިނަދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފީރޯޒް ހައުސް ހޯދައިފިއެވެ.

އިންޓަރ ހައުސް ފުޓްބޯލަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ފީރޯޒު ހައުސްއާއި އަލިމަސް ހައުސްއާއި ވާދަކޮށް ފީރޯޒް ހައުސް މެޗު ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ.

ކޮންމެ ހައުސްއަކުން 14 ދަރިވަރުން ހިމެނޭ ގޮތަށް ފެށި އެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ފެންފިޔާޒް ހައުސްގެ ހުސައިން އާތިފް ރާއިފެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ފީރޯޒް ހައުސްގެ މުހައްމަދު ޒަހީރު އަބްދުﷲ ހޮވުނު އިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އަލިމަސް ހައުސްގެ ހުސައިން ޖަނާހު އަލީއެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް ފީރޯޒް ހައުސްގެ އަލީ ފައިޒާން ޖިހާމް ހޮވުނު އިރު އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ފީރޯޒް ހައުސްގެ އަހުމަދު ނިޒްހާމް އާތިފެވެ.

ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް، އަހުމަދު އަޖީބު ވިދާޅުވީ، މި މުބާރާތަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެއް ކަމަށާއި މިއަހަރުގެ މުބާރާތުގައި އެސްކޫލުގެ އެކި ގްރޭޑުތަކުން 50 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރިކަމަށެވެ. އަދި ކުޅިވަރަކީ ގައުމީ މަންހަޖުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ މުހިއްމު ދާއިރާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.