ސިއްހަތު

ޓްރީ ޓޮޕްގައި 100 ވަނައަށް އުފަންވި ކުއްޖާއަށް ހޫނު މަރުޙަބާއެއް!


ޓްރީ ޓޮޕް ހޮސްޕިޓަލުގައި 100ވަނައަށް އުފަންވި ކުއްޖާއާއި، އޭނާގެ ޢާއިލާއަށް އެ ހޮސްޕިޓަލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މިދިޔަމަހުގެ 31ވަނަ ދުވަހު އުފަންވި މިތުއްތު ކުއްޖާ ވިއްސުމުގައި ހަރަކާތްތެރިވެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ދާދިފަހުން ގުޅިވަޑައިގަތް އަންހެނުންގެ ޚާއްސަ ޑޮކްޓަރ، ޑރ.ވަރްޝާ ރަންގަރާޖާއި ނިއޯނޭޓޮލޮޖިސްޓް، ފޫޅުމައި، ހޭނައްތާ ޑޮކްޓަރ އަދި ހުނަރުވެރި ނަރުހުން އެކުލެވޭ ޓީމަކުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި 100 ވަނައަށް ވިހޭ ކުއްޖާގެ މަންމަ ބުނިގޮތުގައި އޭނާ އެ ހޮސްޕިޓަލަށް ދިއުމަށް ނިންމީ އެންމެފަހު ވަގުތު ކޮމްޕްލިކޭޝަންތަކެއް އުޅޭތީކަމަށެވެ.

"އަޅުގަނޑު މާލެއަށް ވިހެއުމަށް އައިސް އެންމެ ފަހުވަގުތު ޓްރީޓޮޕް ހޮސްޕިޓަލަށް ދާންގަސްތުކުރީ ކޮންޕްލިކޭޝަންވެސް އުޅޭތީވެ. މި ހޮސްޕިޓަލަށް އައި ފުރަތަމަ ފަހަރުވީމަ ކުޑަކޮށް ޖެހިލުންވީ، އެކަމަކު ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް އަދި ވަރަށް ހިތްހަމަޖެހޭ މިތާގެ ސާރވިސްތަކާއި މެދު އަދި މިތަނަށް އާދެވުނީތީ ވަރަށް ހިންހަމަޖެހޭ" ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ މެޓަރނިޓީ ޔުނިޓަކީ މައިމީހާ އާއި ތުއްތު ދަރިފުޅަށް ލިބެންވާ ޚާއްސަ ފަރުވާތައް ދިނުމަށް ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ ވޯޑެކެވެ. އަދި ވިހެއުމަށް އަންނަ ވަކިވަކި ބޭފުޅުންނަށް ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތް ދިނުމުގެ މަސައްކަތް މެޓާރނިޓީ ޔުނިޓް ޓީމުން ފޯރުކޮށްދެއެވެ. މީގެތެރޭގައި ތަދުނުވެ ވިހެއުމުގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި މާބަނޑު ދުވަސްވަރާއި ވިހެއުމާއި އަދި ވިހެއުމަށްފަހު ލިބެންޖެހޭ މަޢުލޫމާތު ހިމެނޭ ތަމްރީން ކްލާސްތަކެއް "ބާރތް ޕްރެޕަރޭޝަން ޕްރޮގްރާމް" ގެ ނަމުގައި ޓްރީ ޓޮޕް މެޓަރނިޓީ ޔުނިޓްއިން ކުރިއަށްގެންދެއެވެ.

ޓްރީ ޓްޕް ހޮސްޕިޓަލްގެ މެޓާރނިޓީ ޔުނިޓް ގައި 4 ވިއްސާ ކޮޓަރިއާއި އެންސޫޓް ފާޙަނާއާއެކު ވިހެއުމުގެ ކަންކަން ކުރިން ބެލުމަށް ޚާއްސަ ކުރެވިފައިވާ އޮބްޒަވޭޝަން ކޮޓަރި އެއް ހިމެނެއެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސުޕަރ ސްޕެޝަލިޓީ ނިއޯނޭޓަލް ކެއާ ފޯރުކޮށްދިނުމަށް ޒަމާނާ އެއްފެންވަރުގެ އެން.އައި.ސީ.ޔޫއަކާއެކު 2 ނިއޯނޭޓޮލޮޖިސްޓުން މި ޔުނިޓުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.