ސިޔާސީ

ނާޒިމް، ބަދަަލުހޯދަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް


ސުޕްރީމް ކޯޓުގެ ޙުކުމުގެ ސަބަނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމުން ލިބުނު ގެއްލުމުގެ ބަދަލުހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ ގޮނޑި 2015ގައި ގެއްލުނީ އޭނާގެ މައްޗަށް މަކަރާއި ޙީލަތުގެ މައްސަލައެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުންވަނީ ކުރިން އެކޯޓުން އިއްވި ޙުކުމް ރިވިއުކުރުމަށްފަހު، އެޙުކުމް ބާޠިލްކޮށްފައެވެ.
މިކަމާގުޅިގެން މެމްބަރެއްގެ ޙައިސިއްޔަތުން ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތަކާއި ޕެންޝަނާއި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އެކަމުގެ ބަދަލު ހޯދުމަށް ނާޒިމް ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ނަމަވެސް އެކޯޓުގެ ރަޖިސްޓްރާއިން ވަނީ ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުމަކާ ގުޅޭގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިޚްތިޞާސް އެކޯޓަށް ނޯންނަކަމަށް ނިންމާފައެވެ. އަދި އަލުން އެނިންމުން ބަލައިދިނުމަށް ނާޒިމް އެދުމުން ސިވިލް ކޯޓުން ވަނީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ޙުކުމާއެކު މެމްބަރު ނާޒިމްގެ ގޮނޑި ގެއްލުމުން ބޭއްވި ބައި-އިލެކްޝަންގައި އިންތިޚާބު ކާމިޔާބުކޮށް ދިއްގަރު ދާއިރާގެ މެމްބަރަކަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫނެވެ.