ޚަބަރު

ފުވައްމުލަކު ސިޓީގައި 17 އަހަރުގެ ކުއްޖަަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި


ފުވައްމުލަައް- ފޮޓޯ: ވައިޓްރޫމް އިން ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

ފުވައްމުލަކު ސިޓީގައި އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާގައި ކުއްޖާގެ އަތަށާއި ބޮލަށް ހަމަލާދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މި ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި އޭނާގެ ހާލު ސީރިޔަސް ނޫންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ މި ޚާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:50 ހާއިރު ފުވައްމުލައް ސިޓީގެ މާދަނޑު ގެސްޓްހައުސްއެއްގެ ކުރިމަތިންކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާކަމަށާއި މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.