ޚަބަރު

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަނީ


11 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ 8 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ހއ. ފިއްލަދޫ، ހދ. ފިނޭ، ށ. ނަރުދޫ، ށ. މާއުނގޫދޫ، ނ. ޅޮހި، ރ. އިނގުރައިދޫ އަދި ފ. މަގޫދޫއާއި، ކ. ގުޅިއެވެ.

ހަމައެކަނި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފަިއވާ ރަށްތަކަކީ ހދ. ނާވައިދުއާއި، ލ. މާވަށާއި، ނ. ހޮޅުދޫއެވެ.

ފިނޭންސް މިިނިސްޓްރީގެ އިޢުލާންގައިވާގޮތުން ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫތައް ހިންގާ ކުންފުނިތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ސަތޭކަ ފަންސާސްހާސް ރުފިޔާ ދައްކަންޖެހެއެވެ. އަދި ހަމައެކަނި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުތައް ހިންގާ ކުންފުނިތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ހަތްދިހަ ފަސްހާ ރުފިޔާ ދައްކަންޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުން ކަމަށެވެ.