ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެޑައިގަންނަވާ ނާއިބު ރައީސް ފައިސަލް ނަސީމު އެމްޑީޕީގެ މަޖލިސް ކެމްޕެއިންތަކުގައި ބައިވެރިވަޑައިގެންފިއެވެ.
ނާއިބު ރައީސް ވަނީ މިއަދު ލ ގަމަށް ވަޑައިގެން އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑައިގެންފައެވެ. މިގޮތުން އެމްޑީޕައަސް ނިސްބަތްވާ ކެނޑިޑޭޓް ބޭއްވި ސައިކަލް ބުރެއްގައިވެސް ނާއިބު ރައީސް ވަނީ ބައިވެރިވެޑައިގެންފައެވެ.
ގަމު ދާއިރާއާށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިން ހަރަކާތްތަކުގައި ނާއިބު ރައީސް ބައިވެޑައިގެންފައިވާއިރު އެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައިވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ. އެ ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލެކެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ކުރައްވާފައިވާ މެސެޖެއްގައި ވަނީ ޖޭޕީގެ ކެންޑިޑޭޓުން ވާދަކުރައްވާ ދާއިރާތަކަށް ވަޑައިގެން އެ ކެންޑިޑޭޓުން އިންތިޚާބު ކުރެއްވުމަށް ޖޭޕީގެ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޖޭޕީގެ ކެންޑިޑޭޓުން ވާދަކުރައްވާ ދާއިރާތަކަށް އެހެން ޕާޓީއަކުން ވާދަކުރެއްވި ނަމަވެސް އެ ކެންޑިޑޭޓަކަށް ތާޢީދު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޙަރަކާތުގައި ނާއިބު ރައީސް ބައިވެރިވަޑައިގެންފައިވާއިރު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވާދަކުރާ ފަރާތަކަށް ތާއިދުކުރަން ނިންމާ އެކަންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އިއުލާންކުރައްވާފައެވެ.
ޤާސިމްގެ މި ނިންމެވުމާއި އެކު ޖޭޕީގެ ފަރާތޔުން ސަރުކާރުގައި ތިއްބެވި ބައެއް މިނިސްޓަރުންވެސް ވަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމީން ނިސްބަތްވެޑައިގަންނަވާ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެއްވެސް ކެނޑިޑޭޓަކަށް ތާއިދުނުކުރައްވާނެކަން ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިންނާއި ޓްރާންސްޕޯޓް މިނިސްޓަރ އަދި ޤާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާވެސް ވަނީ ހާމަކޮށްފައި.