ޚަބަރު

ސިޓީ އާއި ލިވަޕޫލަށްވެސް ޕްރެޝަރ އޮތީ އެއްވަރަކަށް- ގާޑިއޯލާ


ލީގުގައި ބާކީ އޮތް ދިހަ މެޗުގައި ލިވަޕޫލާއި ސިޓީއަށްވެސް ޕްރެޝަރު އޮތީ އެއްވަރަކަށްކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ސިޓީ މޮޅުވީ އެކެއް ސުމަކުންނެވެ. ވެސްޓް ހަމް އަތުން ސިޓީ މޮޅުވީ އަގުއޭރޯ ކާމިޔާބުކޮށްދިން ޕެނަލްޓީންނެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެއްވަނައިގައި އޮތް ލިވަޕޫލާއި ސިޓީއާއި ދެމެދު އޮތީ ޕޮއިންޓެއްގެ ތަފާތެވެ. ދެ ޓީމަށްވެސް ލީގުގައި ބާކީ އޮތީ ދިހަ މެޗެވެ.

ގާޑިއޯލާ ބުނީ ދެ ޓީމްވެސް މި ދިހަ މެޗުގައި ޕޮއިންޓްތަކެއް ގެއްލުވާލާނެކަމަށާއި، ދެ ޓީމަށްވެސް އޮތީ ހަމަހަމަ ޕްރެޝަރެއްކަމަށެވެ. ލިވަޕޫލަށް މެޗަކުން ބަލިވެވެން ނެތްއިރު، ސިޓީއަށް ލިވަޕޫލާއި ވާދަކުރެވެން އޮތީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެގެންނެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ލީގު ލިބޭނެ މި ޕްރެޝަރ އެންމެ ރަނގަޅަށް ހޭންޑްލްކުރާ ޓީމެއްކަމަށައި، އަމިއްލަ ބާރު ނެތަސް ލީގުގެ އުއްމީދު ބޮޑުކަމަށެވެ. އަދި ލިވަޕޫލުން ޕޮއިންޓް ގެއްލުވާލާ ހަފްތާގައި ސިޓީން މޮޅެއް ހޯދުން ޔަގީންކުރަންޖެހޭކަމަށާއި، ޕްރިމިއަރ ލީގު ޔަގީންވާނީ ފަހު މެޗުންކަމަށެވެ.