ސިޔާސީ

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުޤައްރިރަކަށް ރިޔާޒް ރަޝީދު އައްޔަންކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމެޓީގެ މުޤައްރިރަކަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އައްޔަންކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރާ ރިޔާޒް ރަޝީދު މިނިވަން މުއައްސަސާތަކުގެ ކޮޓީއަށް އައްޔަންކުރީ އެކޮމެޓީގައި ހިމެނިވަޑައިގަންވާ 11 މެންބަރުންގެ ތެރެއިން ހަތްމެންބަރުންގެ ވޯޓުންނެވެ.

ޕީޕީއެމްހެ ހަތަރު މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ 3 މެންބަރުންގެ އިތުރުން އެމްޑީޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ މެންބަރަކު ހިމެނިވަޑައިގަންނަވާ އެކޮމެޓީގެ ކުރީގެ މުޤައްރިރުގެ ގޮތުގައި ހުންނެވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. ރޮޒެއިނާގެ އިތުބާރުނެތްކަމުގެ ވޯޓުނަގަން ކޮމެޓީގައި ހިމެނޭ ޕީޕީ އެމްގެ މެންބަރުންގެ ފަރާތުން ހުށައަޅާފައިވަނީކޮށް އެމް.ޑީޕީން ވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެކޮމެޓީގައި ހިމަނާފައެވެ.

ރޮޒައިނާ ވަކި ކުރުމަށް އިދިކޮޅުން ހުށަހަޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާގެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލާގައި ޕީޖީ ބިޝާމް އާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅި މައްސަލަ ނުބަލަން ކޮމެޓީގެ މުޤައްރިރުގެގޮތުގައި ހުރެ ރޮޒައިނާ ނިންމާފައިވާތީކަމަށް ޕީ.ޕީ.އެމް ކޯލިޝަނުން ވަނީ ބުނެފައެވެ.