ޚަބަރު

ޔުވެންޓަސްއާއި ނަޕޯލީ މޮޅުވިއިރު، އިންޓަރ މިލާން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ


އިޓަލިއަން ސެރީއާގައި ޔުވެންޓަސްއާއި ނަޕޯލީ މޮޅުވިއިރު، އިންޓަރ މިލާން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ސެރީއާގައި ޔުވެންޓަސް މޮޅުވީ ބޮލޮންޔާ އަތުން އެކެއް ސުމަކުންނެވެ. މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޕައުލޯ ދިބާލާއެވެ. ލީގުގެ ދެވަނައިގައި އޮތް ނަޕޯލީ މޮޅުވީ ޕާރމާ އަތުން ހަތަރެއް ސުމަކުންނެވެ.

މެޗުގައި ނަޕޯލީގެ ލަނޑުތައް ޖަހައިދިނީ ޒީލިންސްކީ، މިލިކް އަދި އެޑަމް އޫނަސްއެވެ. މިލިކް މެޗުގައި ދެ ލަނޑު ޖެހިއެވެ. އިންޓަރ މިލާނާއި ފިއޮރެންޓީނާ ވާދަކުރި މެޗު އެއްވަރުވީ ތިނެއް ތިނަކުންނެވެ.

މި ނަތީޖާތަކާއިއެކު ސެރީއާ ތާވަލްގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 69 ޕޮއިންޓާއިއެކުއެވެ. ދެވަނައިގައި ނަޕޯލީ އޮތީ 56 ޕޮއިންޓާއިއެކުއެވެ. ސެރީއާގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީ ތާވަލްގެ ތިންވަނައާއި ހަތަރުވަނައަށެވެ. 46 ޕޮއިންޓާއިއެކު އިންޓަރ މިލާން ތިންވަނައިގައި އޮތްއިރު، 45 ޕޮއިންޓާއިއެކު ދެވަނައިގައި އޮތީ ވާދަވެރި އޭސީ މިލާނެވެ.

މިދިޔަ ސީޒަންގައި ލީގުގެ ތިންވަނަ ހޯދި ރޯމާ އޮތީ ތާވަލްގެ ފަސްވަނައިގައެވެ.