ޚަބަރު

މަޖިލިސް އިންތިޚާބުގައި 507 ވޯޓުފޮށި ބަހައްޓާނެ


އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 507 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އެހެނިހެން އިންތިޚާބުތަކަށްވުރެ މި އިންތިޚާބުގައި ވޯޓު ފޮށީގެ ޢަދަދު އިތުރުވީ ކޮންމެ ވޯޓު ފޮއްޓަކަށްވެސް އެންމެ ގިނަވެގެން 1100 ވޯޓު ލުމަށް އީސީން ނިންމުމާއި ގުޅިގެންކަމަށެވެ. އަދި ވޯޓުލާ މީހުންގެ ޢަދަދު 500 އަށްވުރެ އިތުރުވާނަމަ ދެ ސެޓަޕެއް ބެހެއްޓުމަށް ނިންމުމާއި ގުޅިގެންކަމަށް އީސީން ވިދާޅުވެއެވެ.

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 507 ވޯޓު ފޮށި ބަހެއްޓުމަށް އިށީން ނިންމާފައިވާއިރު، މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބަށްވުރެ 35 ފޮށީގެ އިތުރު ޢަދަދެކެވެ.

މަޖިލިސް އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން 39 ރިސޯޓް އަދި ރާއްޖެއިން ބޭރުގެ 7 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ނިންމާފައިވެއެވެ.
މި އިންތިޚަބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނަސް ވޯޓުލުމުގެ ހައްޤުލިބިގެންވެއެވެ.