ޚަބަރު

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެންބަރަކަށް ވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީގައި އޮތްތޯ ސާފުކުރަންޖެހޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ކުރީގެ ރައީސް ޔާމީން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އުފައްދަވާފއިވާ ކޮމިޝަނެކެވެ. އެގޮތުން ފަސް މެމްބަރުން ތިއްބަވާ މި ކޮމިޝަނުން މުޙައްމަދު ފަރުޙާދު އިސްތިއުފާ ދެއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ އަޙްމަދު ސުލައިމާނު (ރައީސް) ޙައްސާން ޙަމީދު (ނައިބު ރައީސް) މެންބަރ ޚަދީޖާ ޢަބްދުﷲ އަދި މެންބަރ އަޙްމަދު އަމީނެވެ.