ޚަބަރު

މަސްތުވާތަކެތި ހިމެނޭ 3 ޕާރުސަލެއް ކަސްޓަމްސްއިން އަތުލައިގެންފި


ނެދަލެންޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހިމެނޭ ޕާރުސަލްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް ސަރވިސްއިން ބުނީ މިމަހުގެ 11 ވަނަ ދުވަހު، ނެދަލެންޑް މެދުވެރިކޮށް ރާއްޖެ ގެނައި 3 ޕާރުސަލަކުން މަސްތުވާތެކެތި ހިމެނޭ ބައެއް ތަކެތި ފެނިފައިވާކަމަށެވެ. އަދި އެ ޕާރުސަލްތައް ބަލާ ފާސްކުރުމުގެ ތެރޭގައި ފުރަތަމަ ޕާރުސަލުން އެމް.ޑީ.އެމް.އޭ، (އެކްސްޓަސީ)ގެ 50 ގުޅަ އަދި އެލް.ޑީއެސް.ޑީ ހިމެނޭ 10 ސްޓިކަރ ފެނިފައިވާކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
ދެވަނަ ޕާރުސަލުން އެމް.ޑީ.އެމް.އޭ، (އެކްސްޓަސީ)ގެ 21 ގުޅަ ފެނިފައިވާއިރު ތިން ވަނަ ޕާރުސަލުން އެމް.ޑީ.އެމް.އޭ، (އެކްސްޓަސީ)ގެ 19 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސް ސާރވިސްއިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް ތިން ޕާރުސަލްގައި އެކްސްޓަސީގެ 40 ޖުމްލަ 43 ގްރާމާއި އެލްސީޑީ އެކުލެވޭ 10 ސްޓިކަރ ހުރިކަމަށެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކޮށްފައިވާއިރު ފުލުހުން މިހާރު ދަނީ މިމައްސަލަ ތަހުޤީޤުކުރަމުންނެވެ.