ޚަބަރު

އިންޑިއާގެ ކޯސްޓްގާޑުން ރާއްޖޭގެ މަސްބޯޓެއް ހިފަހައްޓައިފި


އިންޑިޔާގެ ކޯސްޓްގާޑުން ރާއްޖޭގެ މަސްބޯޓެއް ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑުން އެކަން ބަލަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޯމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ބޯޓުގެ މަޢުލޫމާތު ހޯދާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރަމުންދާކަމަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ އިންޑިއާގެ ކޯސްޓުގާޑުން މި މަސްބޯޓު ހިފަހައްޓާފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަޙައްދުގެ ވަރަށް އެތެރެއަށް ވަނުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މި ގޮތަށް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ ކަނޑު އުޅަނދުތައްް ދިވެހި ކޯސްޓުގާޑުންވެސް ހިފަހައްޓަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.