ސިޔާސީ

އިދިކޮޅު ފަރާތްތަކުން ގޮވާލަނީ ޤާނޫނު އަސާސީއާ ހިލާފް ވުމަށް-


އިދިކޮޅު އެމް.ޑީ.ޕީއާއި ޖުމުހޫރީޕާޓީން ސަރުކާރަށް ހުށަހަޅާފައިވާ ޑިމާންޑްތަކަކީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގައި ރައީސުލްޖުމުހޫރިއްޔާއަށް ކޮށްދެވޭނެ ކަންތައްތަކެއް ނޫންކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހީމް މުއާޒު އަލީ ވިދާޅުވީއިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުމަކީ ރައީސުލްޖުމުހޫރިއްޔާ ޤާނޫނު އަސާސީއާ ޚިލާފުވުމަށް ގޮވާލާ ގޮވާލުމެއް ކަމަށެވެ.އެއްވެސް ދިވެހި ރައްޔިތަކު ބަންދުގައ ބެހެއްޓުމަށް ރައީސުލްޖުމުހޫރިއްޔާ އެދިވަޑައިނުގަންނަވާކަމަށާއި، މީހުން ބަންދުކުރުމަކީ ޤާނޫނީ ނިޒާމުގެ ތެރެއިން ރައީސުލްޖުމުހޫރިއްޔާގެ އައްޕުޅުގައި އޮންނަ ކަމެއް ނޫންކަމަށްވެސް މުއާޒް ވިދާޅުވިއެވެ.މުއާޒު ވިދާޅުވީ ސިޔާސީ ގޮތުން ވަކި މަޤްސަދެއް ހާސިލްކުރުމަށްޓަކައި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާ ގޮވާލުމަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ.މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް މީޑިއާތަށް މެދުވެރިކުރައްވާ ސަރުކާރު ބަދުނާމު ވާގޮތަށް ވާހަކަދައްކަވަމުން ގެންދަވާކަމަށާއި އެކަމާއިމެދު ސަރުކާރުން ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަދާލަތުގެ ޕާޓީގެ އިސްބޭފުޅުން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރެއްވި ކުރެއްވުމުގައިވެސް ސަރުކާރުގެ މުއައްސަސާއެއްގެ ތެރޭގައި ޤާނޫނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމެއް ހިނގަމުންދާކަމުގެ ކަންބޮޑުވުމެއް ރައީސުލްޖުމުހޫރިއްޔާއާ ހިއްސާ ކުރައްވާފައި ނުވާކަމަށެވެ.އެހެންކަމުން މިހާރު ސަރުކާރު ބަދުނާމުވާގޮތަށް ވާހަކަދައްކަވަމުންގެންދަވާތީ އަދާލަތު ޕާޓީގެ އިއުތިރާޒެއް ނެތްނަމަ އެޕާޓީން ރައީސްއާއި ހިއްސާކުރެއްވި ކަންކަން ރައްޔިތުންނާއި ރައީސް ހިއްސާކުރައްވަފާނެކަމަށް ތަރުޖަމާން ވިދާޅުވިއެވެ.