ޚަބަރު

ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަންނުވެރިންގެ ޚިޔާލު ހޯދުމަށް ޚާއްޞަ ފޯރަމެއް ބާއްވަނީ


ބަހާއި އަދަބިއްޔާތުގެ ދާއިރާ ހަރުދަނާކުރުމަށް ޚިޔާލުހޯދުމަށް ޚާއްޞަ ފޯރަމެއް ބޭއްވުމަށް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ނިންމައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ފޯރަމަކީ ލިޔުންތެރިކަމުގެ ދާއިރާގެ މިހާރުގެ ޙާލަތު ދެނެގަނެ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއިގުޅޭ ޙިޔާލު ހޯދުމަށް، މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންގެ އިސްނެންގެވުމުގެ މަތިން ބާއްވާ ފޯރަމެކެވެ.

މި ފޯރަމުގައި ބައިވެރިވުމަށް ޅެންވެރިންނާއި، ލިޔުންތެރިންނާއި، ވާހަކަދެއްކުންތެރިންނަށްވަނީ ދަޢުވަތުއަރުވާފައެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ނޭޝަނަލް އަރޓް ގެލަރީގައެވެ.

ދިވެހި ބަހާއި ސަޤާގަތާއި ދިވެހި ފަންނުވެރިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ މި ކަންކަމަށް ޙައްލުގެނައުމަށް ހެރިޓޭޖް މިނިސްޓްރީއިން އަންނަނީ މި ދާއިރާއާ ގުޅުންހުރި ތަފާތު ފޯރަމްތައް ބާއްވަމުންނެވެ.