ސިޔާސީ

ކާނަލް ޒިޔާދްއާއި ދެކޮޅަށް ދައުލަތުން ހެކިން ހުށައަޅައިފި


ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ކާނަލް މުހައްމަދު ޒިޔާދްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކުރެއްވުމުން ދައުލަތުން ހެކިން ހުށައަޅައިފިއެވެ.ޕްރޮސިކިއުޓަރ ޖެނެރަލް ޒިޔާދްގެ މައްޗަށް އުފުލާފައިވާ ޓްރެރަޒިމްގެ ދައުވާއަށް އިންކާރްކުރައްވަމުން އެނާ ވިދާޅުވީ ސިފައިންގެ ރޭންކްތައް ރޭވިފައިވާ ގޮތުން އިސްގާޒީ ހައްޔަރުކުރި އޮޕަރޭޝަންގައި އެނާ ހުރީ އެއްވެސް މީހަކަށް އަމުރުކުރާ މަގާމެއްގައި ނޫންކަމަށެވެ.ޝަރީއަތުގެ މަޖްލީހުގައި ވާހަކަ ދައްކަވަމުން ޒިޔާދް ވިދާޅުވީ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔުރުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދް އަމުރުކުރެއްވި އަޑުއަހާފައިނުވާކަމަށެވެ. އެހެންނަމަވެސް އިސްގާޒީ ގާޒީ ހައްޔަރުކުރެއްވުމަށް ނަޝީދް ވިދާޅުވިކަމަށް އޭރުގެ މާލޭ އޭރިޔާ ކޮމާންޑަރު އިބްރާހިމް ދީދީ ވިދާޅުވިކަމަށް ޒިޔާދް ވިދާޅުވިއެވެ.މި ދައުވާއަށް ޒިޔާދް އިންކާރްކުރެއްވުމުން ދައުލަތުން އޭނާއާއި ދެކޮޅަށް ހެކިންގެ ގޮތުގައި ސޯޅަ މީހެއްގެ ނަން ހުށައަޅާފައިވެއެވެ. މީގެއިތުރުން ބައެއް ކިތާބީ ހެއްކާއި ބައެއް ވީޑިއޯ ފުޓޭޖްއާއި  އޯޑިއޯ ކްލިޕްވެސް ހުށައަޅާފައިވެއެވެ.މިއަދު މެންދުރުފަހު ބޭއްވި ޝަރީއަތުގެ މަޖްލީސް ނިންމާލާފައިވަނީ މި މައްސަލާގައި ދައުލަތުން ހުށައެޅި ބައެއް ހެކިންގެ ހެކިބަސް މިރޭ ނަގާނެކަމަށް މައްސަލަ ބައްލަވާ ބެންޗުން އިއުލާންކުރެއްވުމަށްފަހުގައެވެ.