ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް ޝިމާޒް ޢައްޔަންކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ސ. ހުޅުދޫ ބްލޫބެލް ޝިމާޛު ޢަލީ އެވެ.

ޝިމާޛު ޢަލީއަކީ ކޮމަންވެލްތް މީޑިއާ ޑެވެލޮޕްމަންޓް ވަރކްޝޮޕްގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ޝިމާޛު ޢަލީ އަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އަދި މެރިން ރިސޯސްގައި ޕްރޮގްރާމް އޮފިސަރގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޝިމާޛް ވަނީ ފުޓްބޯލް އެސޯސިއޭޝަންގެ މީޑިއާ އޮފިސަރގެ މަޤާމްވެސް ފުރުއްވާފައެވެ.