ސިޔާސީ

އެމްޑީޕީއާއި ޖޭޕީން ސަރުކާރާއި މަޝްވަރާކުރަނީ


ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަން ސަރުކާރުގެ ކަމާބެހޭ ވުޒާރާ ތަކަށާއި، ރައީސުލްޖުމުހޫރިއްޔާއަށް ހުށައަޅާފައިވާ ކަމަށާއި، އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހޯމް މިނިސްޓަރާ ބައްދަލުކުރަން ހަމަޖެހިފައިވާކަމަށް ޖުމްހޫރީޕާޓީއާއި އެމްޑީޕީން ބުނެފިއެވެ.އަނެއްކޮޅުން އެމްބީސީއާއި ވާހަކަފުޅުދެއްކެވި ހޯމްމިނިސްޓްރީގެ އޮފިޝަލަކުވެސްވަނީ ހޯމް މިނިސްޓަރ އުމަރު ނަސީރު މާދަމާ ދިހައެއް ޖަހާއިރު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.ޖުމުހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ މިފަދަ މަޝްވަރާތަކެއް ރައީސުލްޖުމްހޫރިއްޔާއާއިވެސް ކުރެއްވުމަށް ހުށަހަޅާފައިވާ ކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ފުރުސަތު ދެއްވާނެކަމަށް ރައީސް އޮފީހުންވެސް ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް މިފަދަ ބައްދަލުވުމެއް ހަމަޖެހިފައިވާކަން ރައީސް އޮފީހަކުން އަދި ޔަގީންކޮށްދެއްވާފައެއްނުވެއެވެ.މީގެ އިތުރުން ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އެމްޑީޕީގެ ލީޑަރޝިޕުގެ އިސް ބޭފުޅަކު ރައީސްއާ ވަކިން ބައްދަލުކުރެއްވުމަށް ހުށައަޅަންވެސް ތައްޔާރުވަމުންދާކަމަށެވެ.