ޚަބަރު

އައްޑޫ ސިޓީ މަރަދޫ ފޭދޫގެ ގެއެއްގެ ދެވަނަބުރިން ވެއްޓި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ


އައްޑޫ ސިޓީ މަރަދޫ ފޭދޫގެ ގެއެއްގެ ދެވަނަބުރީގެ ބެލްކަނިން ވެއްޓި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
7 އަހަރުގެ މި ފިރިހެން ކުއްޖާއަށް މިހާރު އައްޑޫ ސީޓީ ހިދަތޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. އަދި މި ކުއްޖާގެ ހާލު ސީރިއަސް ކަމުން އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހިދަތޫ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 3:07 ހާއިރު ކަމަށެވެ.