ކުޅިވަރު

ކަގަވާ ތުރުކީގެ ބެޝިކްޓާސްއަށް


ބޮރޫޝިޔަ ޑޯޓްމުންޑްގެ ޖަޕާންގެ މިޑްފިލްޑަރ ޝިންޖި ކަގަވާ ތުރުކީގެ ބެޝިކްޓާސްއަށް ސޮއިކޮށްފިއެވެ.

ފިނި މޫސުމުގެ ޓްރާންސްފަރގެ ފަހު ދުވަހު ތުރުކީގެ ބެޝިކްޓާސްއިން ކަގަވާގެ ސޮއި މިހޯދީ މި ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ބެޝިކްޓާސްގެ އިތުރުން ފްރާންސްގެ މޮނާކޯއިންވެސް 29 އަހަރުގެ ކަގަވާ ހޯދަން މަސައްކަތްކުރިއެވެ.

ކަގަވާ އެންމެ ފުރަތަމަ ވިދާލީ ޖަރުމަންގެ ބޮރޫޝިޔާ ޑޯޓްމުންޑުން. އޭގެ ފަހުން އޭނާ ގުޅުނީ އިނގިރޭސި ކުލަބު މެންޗެސްޓާރ ޔުނައިޓެޑަށެވެ. އެހެންނަމަވެސް އޭނާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކި އަނެއްކާވެސް ކަގަވާ ދިޔައީ ޑޯޓްމުންޑަށެވެ. އެކުލަބާއިއެކު މިދިޔަ ސީޒަންގައި ކަގަވާ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މި ސީޒަންގައި އޭނާއަށް މާ ގިނަ މެޗުތަކަކުން ފުރުސަތެއް ނުލިބެއެވެ.

އެންމެ ފަހުން އޭނާއަށް ކޯޗު މެޗަކުން ފުރުސަތުދިނީ މިދިޔަ އޮކްޓޯބަރު މަހުއެވެ. ކުލަބު ފޯމު ދަށްވުމުގެ ސަބަބުން ކަގަވާއަށް މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގައި ޖަޕާން ސްކޮޑުންވެސް ފުރުސަތެއް ނުލިބުނެވެ.