ޓުއަރިޒަމް

ދަ ރެސިޑެންސް ބައި ސެނިޒާރޯ އަށް 400 އެއްހާ މުވައްޒަފުން ހޯދަނީ!


ދަ ރެސިޑެންސް ބައި ސެނިޒާރޯއަށް މުވައްޒަފުން ހޯދުމަށްޓަކާއި ޚާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ދަ ރެސިޑެންސް ބައި ސެނިޒާރޯއަކީ ގއ. ފަޅުމާފުށީގައި އޮންނަ ދިގުރަށް އަދި ދަ ރެސިޑެންސް ބުރިޖަކުން ގުޅުވާލައިގެން ތަރައްޤީކުރާ ރިސޯޓެކެވެ.

މިރިސޯޓަށް މުވައްޒަފުން ހޯދުމަށްޓަކާ ބާއްވާ ވޯކް އިން އިންޓަރވިއު އޮންނާނީ ފެބްރުއަރީ މަހު ދެވަނަ ދުވަހާއި ތިން ވަނަ ދުވަހުގެ ހެނދުނު ދިހައަކުން އެކަކަށް އަދި މެންދުރުފަހު ދޭކުން ހަވީރު ފަހަކަށް ސޯޝަލް ސެންޓަރުގައެވެ.

ދަ ރެސިޑެންސް ބައި ސެނިޒާރޯގެ މެނޭޖްމަންޓުން ބާއްވާ މިހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތައް ސީވީ އަދި ފަހުގެ ފޮޓޯއެއް ގެންދިއުމަށް ރިސޯޓުގެ މެނޭޖްމަންޓުން އެދެއެވެ. 400 އެއްހާ މުވައްޒަފުން ހޯދާއިރު މީގެތެރޭގައި އެކި ސެކްޝަންތަކުގެ މުވައްޒަފުން ހިމެނެއެވެ. އަދި ރިސޯޓުގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަންދޭނެކަމަށް ރިސޯޓުން ބުނެއެވެ.

ދަ ރެސިޑެންސް ބައި ސެނިޒާރޯ ހިމެނޭ ދެ ރަށުގެ ތެރެއިން ދިގުރަށުގައި 173 ވިލާ އަދި ފަޅުމާފުށީގައި 94 ވިލާ ހުންނާނެއެވެ. އަދި ދިގުރަށުގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހުންނާނެއެވެ.