ސިޔާސީ

ސިޔާސީ ފަރާތްތަކާ އެއްހަމައެއްގައި ވިޔަފާރިވެރިން މިނަން ޖެހިދާނެ


ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް ވިޔަފާރިވެރިން ވަދެވަޑައިގަންނަވާ ނަމަ، ސިޔާސީ ފަރާތްތަކާއި އެއް ހަމައެއްގައި، ވިޔަފާރިވެރިން މިނަން ޖެހިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ  އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ އިހުތިޖާޖުގައި ރޭ ސީގަލް ކަންމަތީގައި ހުންނަވާ، ވިޔަފާރިވެރިންނަށް އަމާޒު ކުރައްވާ  ވާހަކަފުޅުދައްކަވަމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ލީޑަރ ވިދާޅުވީ، ވިޔަފާރިވެރިންގެ ފައިސާ ރިޝްވަތުގެ ގޮތުގައި ބެހުމަށް ދެއްވާކަމަށް ވަންޏާ، އެ ފައިސާ ހުރިތަނެއް ހޯއްދަވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހާއި ޝަރިއަތުގެ މަޖިލިސް ރިޝްވަތުގެ ހުތުރު ފައިސާއިން ގަނެލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.ސިޔާސީ ކަންކަމުގެތެރެއަށް ވިޔަފާރިވެރިން ވެދެވަޑައިނުގެންނެވުމަށް ނަޝީދު ރޭ ވިދާޅުވިއިރު ރާއްޖޭގެ މަޝްހޫރުވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް މިއަހަރުގެ ތެރޭގައި ރައީސްކަން ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.ޖޭޕީއެމްޑީޕީގެ ރޭގެ އެއްވުމުން ގާސިމް އިބްރާހިމް ފެނިފައެއްނުވެއެވެ.ސަރުކާރަށް ފާޑުވިދާޅުވަމުން ރޭ ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް މިހާތަނަށް ފުއްދުނީ ވަރަށް މަދު ވައުދެއްކަމަށެވެ.