ކުޅިވަރު

ޑެމްބެލޭ އާއި މެސީ ބާކީކޮށްފި


ސެވިއްޔާއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ ބާސެލޯނާގެ ޓީމުން ކެޕްޓަން ލަޔޮނަލް މެސީ އާއި ފޯވަޑް އޮސްމާނޭ ޑެމްބެލޭ ބާކީކޮށްފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅޭ މެޗަށް މި ދެ ކުޅުންތެރިން ބާކީކުރިއިރު ޑެމްބެލޭ އަށް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވެފައެވެ. އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޑަދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބާސެލޯނާއިން ވަނީ ބުނެފައެވެ.

މެސީ ބާކީ ކުރީ އަރާމުކުރަން ފުރުސަތު ދިނުމަށެވެ. ސަބަބަކީ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގައި މުހިންމު މެޗުތަކެއް ކުރިއަށް ހުރުމުންނެވެ.

މި ދެ ކުޅުންތެރިން ބާކީ ކުރި ނަމަވެސް ޓީމަށް އަލަށް ގެނައި ގާނާގެ ފޯވަޑް ކެވިން ޕްރިންސް ބޯޓެން ވަނީ ޓީމުގައި ހިމަނާފައެވެ. އަދި މެޗުގެ ކޮންމެވެސް ހިސާބަކުން އޭނާ ކުޅެން އަރުވާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެއެވެ.