ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޖެންޑާ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ދިޔަގޮތް ބައްލަވައިލެއްވީ މިއަދު އެ ވުޒާރާއަށް ކުރެއްވި ޒިޔާރުގައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ޖެންޑާގައި މަސައްކަތް ކުރައްވާ އެހެނިހެން މުވައްޒަފުންގެ ގާތަށް ވަޑައިގެން އެ ބޭފުޅުންގެ މަސައްކަތްތައްވެސް ބައްލަވައިލައްވާފައެވެ.