ސިޔާސީ

ސިޔާސީ މުވައްޒަފުންގެވެސް ގަޑިޖެހުމުން ގަޑީލާރި ކަނޑަނީ


ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުންވެސް، މިފެބުރުވަރީމަހު 16 ވާ ހޯމަ ދުވަހުން ފެށިގެން، ގަޑިޖެހުމުން ގަޑީލާރި ނެގޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.މިކަން މިގޮތަށް ހަމަޖެއްސެވިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.