ސިޔާސީ

ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި


ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާރޓްމަންޓުން ނުރައްކާތެރި ހަތިޔާރު ފެނުނު މައްސަލަ ތަހްޤީޤްކުރުމަށްފަހު ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.ނާޒިމްގެ މައްސަލަ ޕީޖީއަށް ފޮނުއްވާފައިވާކަން ފުލުހުން ކަށަވަރުކޮށްދެއެވެ. އެމްބީސީ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިއަދުއެވެ.ކޯޓު އަމުރެއްގެ ދަށުން މިދިޔަމަހުގެ އަށާރަވަނަ ދުވަހު ނާޒިމް ދިރިއުޅުއްވާ އެޕާރޓްމަންޓް ފުލުހުން ބަލާ ފާސްކުރިއިރު، ފިސްތޯލައަކާއި، ތިން ވަޒަންގެ އިތުރުން، ގޮވާ އެއްޗެއް ފެނިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.ނަމަވެސް ނާޒިމް ވަނީ ޤާނޫނާއި ހިލާފް އެއްވެސް ކަމެއްނުކާރާކަމަށް ވިދާޅުވެފައެވެ.