ވިޔަފާރި

އިންސްޓަގްރާމްކުރުމަށް އެންމެ މަޤްބޫލް ޤައުމުތަކުގެ ލިސްޓުގެ 6 ވަނަ ރާއްޖެއަށް


އިންސްޓަގްރާމްކުރުމަށް އެންމެ މަޤްބޫލް ޤައުމުތަކުގެ ލިސްޓުގެ ގަދަ ދިހައެއްގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

މިއީ ބައިނަލްއަޤްވާމީ އޮންލައިން ޓްރެވަލް މަޖައްލާއެއްކަމަށްވާ ބިގް ސެވަން ޓްރެވެލްއިން އާއްމުކޮށްފައިވާ ލިސްޓެކެވެ.

މި ލިސްޓުގައި ފަތުރުވެރިކަމުގެ 192 މަންޒިލެއް ހިމަނާފައިވާއިރު، ރާއްޖެއަށް ވަނީ މިލިސްޓުގެ 6 ވަނަ ލިބިފައެވެ. ރާއްޖެއަށް މިލިސްޓުގެ 6 ވަނަ ލިބިފައިވާއިރު، އިންސްޓަގްރާމްކުރުމަށް ރާއްޖޭގައި އެންމެ މަޤްބޫލު މަންޒިލްތައްވެސް ވަނީ ޢާއްމުކޮށްފައެވެ. މިގޮތުން އެއްވަނަ ނިޔާމަ ރިސޯޓަށް ލިބިފައިވާއިރު ދެވަނަ ލިބިފައިވަނީ މާލެއަށެވެ. ތިން ވަނަ ލިބިފައިވަނީ ލާމު އަތޮޅަށެވެ.

އިންސްޓަގްރާމްކުރުމަށް އެންމެ މަޤްބޫލް ޤައުމުތަކުގެ ލިސްޓުގެ 6 ވަނަ ރާއްޖެއަށް ލިބިފައިވާއިރު މި ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ އޮސްޓްރޭލިޔާއިންނެވެ. ދެވަނަ ހޮންގކޮންގއަށް ލިބިފައިވާއިރު، ތިން ވަނަ ލިބިފައިވަނީ ކެނެޑާއަށެވެ.

ބިގް ސެވަން ޓްރެވަލްއިން ބުނާގޮތުން އެ ލިސްޓުގައި ޤައުމުތައް ތަރުތީބު ކޮށްފައިވަނީ މީސް މީޑިއާގައި އެ މަންޒިލަކަށް އޮތް މަޤްބޫލްކަމަށް ބެލުމަށްފަހުކަމަށެވެ. އަދި ދަތުރުކުރާނެ މަންޒިލެއް ކަނޑައެޅުމުގައި ގިނަ މީހުން މީސްމީޑިއާގެ ބޭނުން ހިފާ ކަމަށާއި މިގޮތުން 61 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރާނެ ހޮޓަލެއް ކަނޑައަޅަނީ އިންސްޓްގްރާމުން އެ ތަނެއް ފެނިގެން ކަމަށް ބިގް ސެވަން މެގަޒިންއިން ބުނެއެވެ.