ޚަބަރު

އަރަބިއްޔާ ސްކޫލުގައި ކިޔަވާދޭނީ ދެ ޖިންސް ވަކިން- އެޑިއުކޭޝަން މިނިސްޓަރ


އަރަބިއްޔާ ސްކޫލުގައި ދެ ޖިންސް ވަކިން ކިޔަވައިދިނުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، އަރަބިއްޔާ ސްކޫލުގައި ދެ ޖިންސް މައްސުނިކޮށް ކިޔަވައިދެމުންދާތީ ބައެއް ބެލެނިވެރިން އެކަމާ ޝަކުވާކޮށްފައިވާ ކަަމަށާ، އެހެންކަމުން ބެލެނިވެރިންގެ އެދުމުގެމަތިން، މިހާރު ދެ ޖިންސް ވަކިން ކިޔަވައިދޭން ނިންމާފައިވާކަމަށެވެ.

އާ އަހަރު ފެށުނުއިރު ދެޖިންސު މައްސުނިކޮށް ކިޔަވައިދެމުން އަންނާތީ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންތަކެއް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.