ސިޔާސީ

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު އިލެކްޝަނުން ބަލަން ފަށައިފ


މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ ޕާޓީތަކަށް ދޫކުރުމަށް ޕާޓީތަކުގެ މެމްބަރުންގެ އަދަދު ބަލަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.އިލެކްޝަން ކޮމިޝަނުން ބުނީ، މާރޗްމަސް ނިމުމުގެ ކުރިން ޕާޓީތަކަށް ފައިސާ ދޫކުރެވޭނެކަމަށެވެ.ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ބެލުމަށްފަހު ކޮންމެ ބޮލަކަށް ޖެހޭ އަދަދަށެވެ. އަދި މި އަހަރުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވިހި މިލިއަން ރުފިޔާ ހިމަނާފައިވާކަމަށާއި އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނާޅާ ޕާޓީތަކަށް ފައިސާ ދޫނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.ފާއިތުވި އަހަރު ނުވަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން އެގާރަ ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވެއެވެ.ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ، އެމްޑީޕީއަށެވެ. އެޕާޓީއަށް 3.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު އޮތީ، ފަނަރަ ސިޔާސީ ޕާޓީއެވެ.